މުނިފޫހިފިލުވުން

އައްޒަ އޭނަގެ މަންމަ ހުއްޓުވުން 215000 އަށްވުރެ ގިނަ މީހުންނަށް ކަމުގޮސްފި!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް ގެ ހާލަތާއި ދިމާކޮށް ޔާރާ ޕްރޮޑަކްޝަންސް އިން އުފެއްދި "ފަރުދީ ޒިންމާ އަދާ ކުރައްވާ" ވީޑިއޯ އަށް އެތައްބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

Ads by Sosun Fihaara

އެގޮތުން 25 މެއި ވަނަ ދުވަހުގެ ރޭ 21:30 ހާއިރު އަޕްލޯޑު ކުރި އެވީޑިއޯ މިހާތަނަށް 215000 އަށްވުރެ ގިނަ މީހުން ބަލާ، 10300 އެއްހާ މީހުން އެވީޑިއޯ ޝެއާކޮށްފައިވެއެވެ.

"ފަރުދީ ޒިންމާ އަދާކުރައްވާ" މިވީޑިއޯއަކީ އައިމިނަތު ރަޝީދާ (އައިންތު) ގެ ކޮންސެޕްޓަކަށް އަބަދުﷲ މުއާޒް ޑައިރެކްޓްކޮށް އެޑިޓް ކޮށްފައިވާ، ހޭލުންތެރިކުރުވުމުގެ ވީޑިއޯ އެކެވެ. މިވީޑިއޯގައި ހަރަކާތްތެރިވެފައިވަނީ އައިންތު އާއި އައްޒަގެ އިތުރުން އީތަން އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެތައް ފަންނާނުންނެއް ވީޑިއޯ ހަދަމުންދާއިރު، ޔާރާ ޕްރޮޑަކްޝަންސުން އުފެއްދި މިވީޑިއޯ އަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ގިނަ މީހުން ބުނި ގޮތުގައި މިވީޑިއޯ އެންމެ ބަލާހިތްވަނީ އައިންތުގެ ތަފާތު "ކިޓާއި" މާސްކު ފެނުމުންނެވެ. ބޭރަށް ނިކުންނަންދާން އައިންތު ތައްޔާރުވަނީ ފަޔަށް އިސްޓާކީނު ލައްވާ، އޭގެ މަތިން ކޮތަޅެއް އައްސާ އަދި އޭގެ މަތިން ބޫޓަކަށް ވެސް އަރައިގެނެވެ. ކޮތަޅު ކޯޓެއް ލުމަށްފަހު އޭގެ މަތިން ބޮޑު ޑަސްބިން ކޮތަޅެއްލާ، ބެލްޓެއްފާޑު އެއްޗެއް އަޅާ، ބޮލުގައި އިތުރު ކޮތަޅެއް ވެސް އަޅައެވެ. އެންމެންނަށް ވެސް ފާހަގަ ކޮށްލެވުނު ތަފާތު މާސްކުގައި، އަނގަޔާއި ދިމާލުގައި އިންނަނީ ފުޅިއެއްގެ ތުނބެއް ޖަހާފައެވެ. އައްޒަ ބުނި ގޮތުގައި އެއީ ބޭރަށް ނިކުތުމަށްފަހު މާސްކު ނުބޭލޭނެތީ، ފެން ބޯންވިޔަސް ފަސޭހައަކަށް ހެދި ގޮތެކެވެ.

އައިންތު ބޭރަށް ދާން އުޅޭކަން އީތަން އަށް އެނގުމުން އެވާހަކަ ގޮސް އައްޒަ ކައިރީ ބުނެއެވެ. ވީޑިއޯއިން ދެން ފެންނަނީ އައްޒަ އޭނާގެ މަންމަ ބޭރަށް ދިޔުން ހުއްޓުވާ، މަންމައަށް ވިސްނައިދޭ މަންޒަރެވެ.

"ފަރުދީ ޒިންމާ އަދާކުރައްވާ" ގިނަ ބަޔަކަށް ކަމުގޮސްފައިވަނީ، ޑްރާމާއެއް ފަދައިން މިވީޑިއޯ އުފައްދާފައިވުމުންކަން ފާހަގަ ކުރެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!