ލައިފްސްޓައިލް

ރެސިޕީ: މޮންގޯލިއަން ރައިސް

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

2 ޖޯޑު ކައްކާފަ ހުރި ބާސްމަތީ ރައިސް

Ads by STELCO

1 ފިޔާ

3 ލޮނުމެދު

2/1 ސައިސަމުސާ ގާނާފަ ހުރި އިނގުރު

ލޮނު

2/1 ސައިސަމުސާ ތެޅިމިރުސް

2/1 ސައިސަމުސާ އަސޭމިރުސް

300ގ ރޯފިލުވާފައި ހުރި ކުކުޅު ( ބޯންލެސް ، ކުދިކޮށް ކޮށާފައި )

1 ޖޯޑު ސްޕްރިންގ އޮނިއަން

3 ބިސް

2/1 ޖޯޑު ރަތް އަދި ފެހި ކެޕްސިކަމް

1 ޖޯޑު ކެބެޖް

1 ޖޯޑޫ ކޯން

1 މޭޒުމަތީސަމުސާ އޮއިސްޓަރ ސޯސް

3 މޭޒުމަތީ ސަމުސާ ސޯޔާސޯސް

3 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް:

އުނދުންމައްޗަށް ތަވައެއް އުދުމަށްފަހު ޔެތޮފޮދު އަޅާ ހޫނުވުމުން އިނގުރު، ލޮނުމެދު އަދި ފިޔާކޮޅުއަޅާ ވަޅޯކޮށްލާށެވެ. ދެން ކެޕްސިކަމް، ކުކުޅު އެޅުމަށްފަހު 3 މިނެޓް ވަންދެން ކައްކާލާށެވެ. ތަވާގައި ހުރި އެތިކޮޅު ތަވައިގެ އެއްކައިރިއަށް ޖައްސާލުމަށްފަހު ބިސް ކޮޅުއަޅާ ރޯފިލުވާލާށެވެ. އެއަށްފަހު ކެބެޖް، ސްޕްރިންގ އޮނިއަން، ކޯން ކޮޅު، ތެޅިމިރުސް، އަސޭމިރުސް އަޅާ ރަނގަޅަށް މޯޅި ކޮށްލާށެވެ. ދެން ސޯސްތަކާއި ލޮނު އަޅާލުމަށްފަހު ބަތް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!