އިތުރު 19 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 1457 އަށް
އިތުރު 19 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 1457 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިއަދު ފައްސިވި 19 މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝް 13 މީހުންނާއި އިންޑިއާ އަދި ނޭޕާލް މީހެއް ކަމަށެވެ.
މިއާއިއެކު މުޅި ރާއްޖެއިން ކޮވިޑް19 އަށް ފައްސިވި މީހުންގެ އަދަދު 1،457 އަށް ވަނީ އަރާފައެވެ.
މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 750 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އަދި 511 މީހުންނަކީ ދިވެހިންނެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 1،457 އަށް އަރާފައިވާއިރު 232 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި ފަސް މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.
Ads by Allied Insurance