ވިޔަފާރި

މީރާ މެދުވެރިކޮށް ލިބޭ އާމްދަނީ 48 ޕަސެންޓް ދަށްވާނެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކާއެކު ޓެކްސް އާމްދަނީ އިން ލިބޭ އާމްދަނީ 48 ޕަސެންޓް ދަށްވާނެެ ކަމަށް ލަފާ ކުރެވޭ ކަމަށް މީރާއިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ ދައުލަތަށް 75 އިންސައްތަ އާމްދަނީއެއް ލިބެނީ މީރާ މެދުވެރިކޮށް ކަމަށާއި އެގޮތުން ފާއިތުވި ތިން އަހަރު ވެސް ދައުލަތުގެ އާމްދަނީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށްފައި ވަނީ ވެސް ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ރަނގަޅުވާނެ ކަމަށް ބަލައިގެން ކަމަށާއި އެގޮތުން ފަތުރުވެރިން އަންނަ ނިސްބަތް އިތުރުވާނެ ކަމަށާއި ރާއްޖޭގެ މުޅި އިގްތިސޯދު ވެސް ޖުމްލަ ގޮތެއްގައި ވަރަށް ރަނގަޅުވާނެ ކަމަށް ބަލައިގެން ކަަމަށް ފަތުހުﷲ ވިދާޅުވި އެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން އިގްތިސޯދަށް ކުރަމުންދާ އަސަރުތަކާއެކު މީރާ އަށް ލިބޭ އާމްދަނީ އާއި ގުޅޭ ފަސް ސިނާރިއޯ އެއް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އާއި އެހެނިހެން އިދާރާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ބޮޑަށް ބެލެވެނީ ސިނާރިއޯ ތިނެއް ކަމަށާއި އެގޮތުން މި ސިނާރިއޯގައި މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 8.95 ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ ބަޖެޓް ފާސްކުރި އިރު އަހަރުގެ ތެރޭ 17.2 ބިލިއަން ރުފިޔާ ޓެކްސް އަމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެގޮތުން ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، ކޮވިޑްގެ އަސަރާއެކު އޭޕްރީލް މަހު ލިބުނު އާމްދަނީ ވަނީ 527 މިލިއަން ރުފިޔާ އަށް ވެއްޓިފައެވެ. މި މެއިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް މީރާ އަށް އާމްދަނީގެ ގޮތުގައި ލިބުނީ 109 މިލިއަން ރުފިޔާ ކަމަށް ވެސް ސީޖީ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!