އަލީ ރަމީޒްގެ ލަވަ ތަކަކީ 80 އިންސައްތަ ކޮޕީ ކަމަށް ބުނުމުން ޒަކިއްޓެ ހޫނު ފެނަށް
އަލީ ރަމީޒް ގެ ލަވަތަކަކީ 80 އިންސައްތަ ކޮޕީ ލަވަތައް ކަމަށް ބުނުމުން ލަވަކިޔުންތެރިޔާ ހުސެއިން އިރުފާން ( ޒަކިއްޓެ) މީސް މީޑިއާގައި ހޫނު ފެނަށް ވެއްޓިއްޖެއެވެ.
މިހެން ބުނެ ޒަކިއްޓެ ކުރި ޕޯސްޓަށް ގިނަ ބަޔަކު ވަނީ އޭނާ އާ ދެކޮޅަށް ކޮމެންޓު ކޮށްފައެވެ. އަދި މައްސަލަ ހޫނުވެ ޒަކިއްޓެ ވަނީ ޕޯސްޓު ވެސް ޑިލިޓު ކޮށްލާފައެވެ.
ޒަކިއްޓެ ފަހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕޯސްޓު ޑިލިޓު ކުރީ ނޯޓިފިކޭޝަން ތައް ގިނަވެ މާބޮޑަށް ބޮލަށް އުނދަގޫވާން ފެށުމުން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރުމުގައި އޭނާގެ އާއިލާ އަށް ވެސް ބަދު ބަސް ބުނެފައިވާ ކަމަށް އެ ޕޯސްޓުގެ ކޮމެންޓެއްގައި ބުނެފައިވެއެވެ. ނަމަވެސް އޭނާ ވަނީ ފަހުން މި ޕޯސްޓު ވެސް ޑިލިޓުކޮށްލާފައެވެ.
ޒަކިއްޓެ އަކީ މޯލްޑިވިއަން އައިޑޮލް އިން ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދި ލަވަކިޔުންތެރިއެކެވެ.
އަލީ ރަމީޒް ލަަވަ އާ މިއުޒިކާއި ދުރަށް ގޮސްފައިވީ ނަމަވެސް ދިވެހިންގެ ގެ ތެރޭގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔަކީ އަލީ ރަމީޒު ކަމުގައި ދިވެހިން ދެކެއެވެ. އަދި މިހާރުވެސް އަލީ ރަމީޒް ގެ ލަވަ ތަކަކީ ދިވެހިންގެ ތެރޭގައި އެންމެ ހިޓް ލަވަތަކެވެ.