ޚަބަރު

ލުއިތަކަކާއެކު އިތުރު ދެ ހަފްތާއަށް މާލެ ލޮކްޑައުންކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ލުއިތަކަކާއެކު އިތުރު ދެ ހަފްތާއަށް މާލެ ލޮކްޑައުންކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުންއަށް ލުއި ދިނުމަށް ނިންމާފައިވާ ކަމަށާ އެ ހާލަތު ދެމިގެން ދާނީ ދެ ހަފުތާގެ މުއްދަތަށް ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން ގެއިން ބޭރަށް ނުކުމެ އުޅުމާއި، ދަތުރުފަތުރުކުރުމާއި ވިޔަފާރި ކުރުމަށް ލުއިތަކެއް ދޭން ވަނީ ނިންމާފަ އެވެ.

މާދަމާއިން ފެށިގެން ގޭބީސީތަކުން ނިކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބޭރުގައި އުޅެވޭ ވަގުތަކުތައް އިތުރު ކުރުމުގެ ފުރުސަތު ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ބައެއް ކަހަލަ ވިޔަފާރިތަކަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުުރުން މަސްމާރުކޭޓް ހުޅުވުމަށް ވެސް ވަނީ ނިންމާފަ އެވެ.

މާދަމާ އިން ފެށިގެން ދެވޭ ލުއިތައް:

- ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދައާއެކު ކޮންމެ ހަފުތާއަކު ދެ ދުވަހު ކޮންމެ ގޭބިސީއަކުން ވެސް ތިން މީހުންނަށް ދެ ގަޑިއިރަށް ނިކުމެވޭނެ.

- ބޭރަށް ނިކުމެވޭ ޒޯންތައް އިތުރުކުރުން.

- ސުޕަމާކެޓް، ބޭކަރީ އަދި ކަންމަތީ ފިހާރަ، ފާމަސީ، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް، ހާޑްވެއާ ފިހާތައް ހުޅުވޭނެ.

- މޯބައިލް ފިހާރަ، ފޮތި ފިހާރަ، އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަ، ކުޅިވަރު އަދި ކޮސްމެޓިކް ސާމާނު ވިއްކާ ފިހާރަ އަދި އޮންލައިންކޮށް ތަކެތި ވިއްކާ ފަރާތްތަކަށް ޑެލިވަރީގެ ހިދުމަތަށް ފުރުސަތު ހުޅުވާލެވޭނެ.

- މަސް މާރުކޭޓް މާދަމާއިން ފެށިގެން ހުޅުވާނެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!