ޚަބަރު

ކޮވިޑް ފެތުރޭ ނިސްބަތް 3.8 އިން 1.4 އަށް ދަށް ކުރެވިއްޖެ: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19 ފެތުރޭ ނިސްބަތް 3.8 އިން 1.4 އަށް ދަށް ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ކޮވިޑު ފެތެރޭ މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށްކުރެވިފައިވާ ކަމަށާއި އެގޮތުން އެކަކު ގައި ް އަނެކެއްގެ ގަޔަށް ބަލިފަތުރޭ ނިސްބަތް 3.8 އިން 1.4 އަށް ދަށްކުރެވިފައިވާ ކަމަށެވެ.

އަދި އެކަކު އަނެކަކާ ބައްދަލުވާ އަދަދު 33 އިން ފެށިގެން ހަ މީހުންނަށް ދަށްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ބޮޑު ތަނުން ދަށްކުރެވުމާއެކު ސަރުކާރުން ވަނީ ލޮކްޑައުންއަށް މާދަމާއިން ފެށިގެން ލުޔެއްދޭން ނިންމާފަ އެވެ.

މާދަމާއިން ފެށިގެން ގޭބީސީތަކުން ނިކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބޭރުގައި އުޅެވޭ ވަގުތަކުތައް އިތުރު ކުރުމުގެ ފުރުސަތު ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ބައެއް ކަހަލަ ވިޔަފާރިތަކަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުުރުން މަސްމާރުކޭޓް ހުޅުވުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ސަރުކާރުގެ އޮފީސްތަކާއި ސެލޫންތަކުގެ އިތުރުން ޖިމްތަކާއި ކެފޭ ރެސްޓޯރަންޓްގެ އިތުރުން ސްކޫލުތަކެއް ނުހުޅުވާނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!