ކުޅިވަރު

އެފްޑީއެސް ސްޕޯރޓްސް ފެސްޓިވަލްގެ ފުޓުބޯޅަ ފައިނަލް މާދަމާ، ވޮލީގެ ފައިނަލް ބުރާސްފަތީގައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފ.ފީއަލީގެ ޖަމިއްޔާއެއް ކަމަށް ފީއަލީ ޑިވަލޮޕްމަންޓް ސޮސައިޓީ އިން އިންތިޒާމު ކޮށްގެން ބާއްވާ އެފްޑީއެސް ސްޕޯރޓްސް ފެސްޓިވަލްގެ ފައިނަލުގެ މެޗުތައް މާދަމާ އަދި އޭގެ އަނެއް ދުވަހަށް ތާވަލު ކޮށްފިއެވެ.

Ads by STELCO

އެފްޑީއެސްގެ ފަރާތުން "ދެން"އާ ވާހަކަ ދައްކަމުން އެ ޖަމިއްޔާގެ މެންބަރު ޝައިޙާން ބުނީ ފުޓުބޯޅަ މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު ކަމަށާއި އަންހެން ވޮލީގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އޭގެ އަނެއް ދުވަހު ހަވީރު ކަމަށެވެ.

ފުޓުބޯޅަ މުބާރާތުގެ ފައިނަަލަށް ދަތުރު ކޮށްފައިވާ ދެ ޓީމަކީ ހަވަރު އަދި ގާފިލާއެވެ. ހަވަރު މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއްވަނަ މަގާމުގައި އޮވެގެންނެވެ. އަދި ތާވަލުގެ ދެވަނަ ޓީމެއްގެ ގޮތުގައި މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ގާފިލާއެވެ.

އަންހެން ވޮލީ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވާ ދެ ޓީމަކީ ގާފިލާ އަދި މަންތިރިއެވެ. އެއްވަނަ ޓީމެއްގެ ގޮތުގައި ގާފިލާ ދަތުރު ކޮށްފައިވާއިރު މަންތިރި ފައިނަލަށް ދަތުރު ކުރީ ދެވަނަ ޓީމެއްގެ ގޮތުގައެވެ.

މި މުބާރާތުގެ މަގްސަދަކީ ކުޅިވަރުން ރަނގަޅު އަދި މޮޅެތި ކުޅުންތެރިންތަކެއް އުފެއްދުން ކަމަށާއި އަދި ޖަމިއްޔާގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުން ކަމަށް ޖަމިއްޔާގެ މެންބަރު ޝައިޙާން "ދެން"އާ ވާހަކަ ދައްކަމުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!