ވިޔަފާރި

ސަޕްލައި ޑޮޓް އެމްވީ އިން އޮންލައިން ނައިޓް މާކެޓެއް ބާއްވަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ސަޕްލައި ޑޮޓް އެމްވީ އިން އޮންލައިން ނައިޓް މާކެޓެއް ބާއްވަން ނިންމައިފިއެވެ.

Ads by STELCO

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޮންލައިން މާކެޓް އަދި އެކްސްޕޯ އާ ގުޅޭގޮތުން ސަޕްލައި ޑޮޓް އެމްވީގެ ސީއީއޯ ރާއިދް ޝާޒް ވަލީދު ވިދާޅުވީ މި ނައިޓް މާކެޓުގައި ބައިވެރިވުމުގެ ހުޅުވާލާފައިވާ ކަމަށެވެ. މިއީ ސަޕްލަޔަރުންނާއި ރިސޯޓުތައް ފަދަ ހޯލްސޭލް ވިޔަފާރިތަކަށް ޚާއްސަ އޮންލައިން އެކްސްޕޯއެއް ކަމަށާއި މިއީ ވިޔަފާރީގެ މުސްތަޤްބަލް ކަމުގައި ދެކޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ނައިޓް މާކެޓާއި އެކްސްޕޯ ބާއްވާނެ ތާރީޚު ވަރަށް އަވަހަށް އިޢުލާނު ކުރާނެ ކަމަށްވެސް ރާއިދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މިފަދަ ބީޓުބީ ޕްލެޓް ފޯމެއް އަދިނެތް ކަމަށާއި މިހާރުވެސް ސަތޭކައަށް ވުރެ ގިނަ ސަޕްލަޔަރުންގެ ހަސަތޭކައަށްވުރެ ގިނަ ބްރޭންޑުގެ ތިންހާސް ފަސްސަތޭކައަށްވުރެގިނަ ޕްރޮޑަކް އެ ޕްލެޓްފޯމްގައި ފީޗަރ ކުރެވިފައިވާކަމަށެވެ.

އެކްސްޕޯ އާއި ނައިޓް މާކެޓްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް މިކަމުގެ އިތުރު މަޢުލޫމާތު www.supply.mv އިން ލިބިވަޑައިގަންނަވާނެ ކަމަށް އެފަރާތުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!