ލައިފްސްޓައިލް

ރެސިޕީ: ކަދުރު ކޭކް

ބޭނުންވާ ތަކެތި:

250 ގުރާމް ހަކުރު

250 ގުރާމް ފުއް

250 ގުރާމް ކަދުރު ( އޮށްނަގާ ސާފުކޮށް ކޮށާފައި )

2 މޭޒުމަތީ ސަމުސާ މާޖިރިން

1 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ

50 ގުރާމް ގުރާމް މޭބިސްކަދުރު

50 ގުރާމް ކަނަމަދު ( ކޮށާފައި )

2/1 ޖޯޑު ކިރު

2 ބިސް

2 ސައިސަމުސާ ވެނީލާ އެސެންސް

ހަދާނެ ގޮތް:

ބޭކިން ޕައުޑަރާއި ފުށް އެއްކޮށްލުމަށްފަހު ފުރާނާލާފައި ބަހައްޓާލާށެވެ. ވަކި ތައްޓެއްގައި ބިސް، މާޖިރިން، ހަކުރާއި އެއްކޮށް ހަކުރުކޮޅު ވިރެންދެން ގިރާލާށެވެ. އެއަށްފަހު ކުރިން އެއްކޮށްލި ފުއް ކޮޅު މަދު މަދުން އަޅަމުން އެއްކޮށްލާށެވެ. ފުއް އަޅާނިމުމުން ކިރު ފޮދުވެސް މަދު މަދުން އަޅަމުން އެއްކުރާށެވެ. ރަނގަޅަން އެއްވުމުން އެސެންސް އެޅުމަށް ފަހު ގިރާލާފައި ކަދުރު، ކަނަމަދާއި މޭބިސްކަދުރު އަޅާ އެއްކޮށްލުމަށްފަހު ޓްރޭއަށް އަޅާ ފިހެލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!