ޚަބަރު

ހަމަސްތެރޭގައި 125،000 ރުފިޔާ ދައްކަން ޑީއާރުޕީން އެއްބަސްވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހިރައްޔިތުންގެ ޕާޓީ ، ޑީއާރުޕީއިން ހަ މަސް ދުވަސް ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް 125،000 ރުފިޔާ ދައްކަން އެއްބަސްވެއްޖެއެވެ.

Ads by STELCO

ޖޫރިމަނާގެ ގޮތުގައި އެ ޕާޓީން އިލެކްޝަންސް އަށް ދައްކަން ޖެހޭ މި ފައިސާ ދައްކަން ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން މިކަމަށް އެއްބަސްވުމުންނެވެ.

މި ފައިސާއަކީ ތިން ފަހަރެއްގެ މަތިން އެ ޕާޓީ އީސީން ޖޫރިމަނާ ކުރުމާ ގުޅިގެން ދައްކަން ޖެހޭ ފައިސާއެވެ. އެއީ 2016 ވަނަ އަހަރު އެޕާޓީގެ އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ކުރި 50،000 ރުފިޔާގެ ޖޫރިމަނާއާއި، 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ކުރި 25،000 ރުފިޔާގެ ޖޫރިމަނާގެ އިތުރުން2017 ވަނަ އަހަރު އޮޑިޓް ރިޕޯޓް އީސީއަށް ހުށަނޭޅުމުން ކުރި 50،000 ރުފިޔާގެ ޖޫރިމަނާއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ތިން ފަހަރެއްގެ މަތިން ވެސް މުހުލަތު ދިނުމުން ވެސް ޖޫރިމަނާގެ އެއްވެސް އަދަދެއް އެ ޕާޓީން ދައްކާފައި ނުވުމާ ގުޅިގެންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!