އަނދާ ހުލިވުމުން ޒަކިއްޓެ މައާފަށް އެދިއްޖެ
އަލީ ރަމީޒް ގެ ލަވަތަކަށް ފާޑު ކިޔުމުން، ގިނަ ބައެއްގެ ނުރުހުން އަމާޒުވެ، ލަވަކިޔުންތެރިޔާ ހުސެއިން އިރުފާން އެކަމަށް މައާފަށް އެދިއްޖެއެވެ.
ޒަކިއްޓެ އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަލީ ރަމީޒުގެ ގިނަ ލަވަތަކަކީ ކޮޕީ ލަވަތަކެއް ކަމަށެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކާއެކު އޭނާ ވަނީ ފަހުން ޕޯސްޓު ޑިކިޓުކޮށްލާފައެވެ. ނަމަވެސް ޕޯސްޓުގެ ސްކްރީންޝޮޓް ތައް މުޅި މީސް މީޑިއާ ގައި ދައުރުވެ، އޭނާ ބޮޑު މީމް އަކަށް ހެދުމުން އޭނާ ފެސްބުކު އެކައުންޓް ޑީއެކްޓިވޭޓް ވެސް ކޮށްލާފައިވެއެވެ.
ނަމަވެސް އެނބުރި އެކައުންޓް އެކްޓިވޭޓް ކުރުމަށް ފަހު ޒަކިއްޓެ ވަނީ ހުރިހާ އެންމެން ގެ ކިބައިން މާފަށް އެދި ޕޯސްޓެއް ލިޔެފައެވެ.
މި ޕޯސްޓުގައި އޭނާ ވަނީ އަލީ ރަމީޒުގެ ލަވަ ތަކަކީ ކޮޕީ ލަވަ ތަކެއް ކަމުގައި ވިޔަސް އެކަމުގައި އެއްވެސް މައްސަލައެއް އޮތްކަމަށް ނުދެކޭ ކަމަށެވެ. އަދި އޭނާ އަށް އެހެން ބުނެވުނު ގޮތް ރަނގަޅު ނޫން ކަމަށާއި، އޭނާ ބުނި ގޮތުން އަލީ ރަމީޒަށް ދެރަބަސް ބުނާ ފަދަ ގޮތެއް ދޭހަވާ ކަމަށް ވެސް އޭނާ އެއްބަސްވެފައިވެއެވެ.
މީގެ އިތުރުން ވެސް ޒަކިއްޓެ ވަނީ އޭނާ މީސް މީޑިއާ ގައި ޝެއަރ ކޮށްފައިވާ ޕޯސްޓެއްގައި ފަލަ މީހުނަށް މަލާމަތް ކުރެވޭ ފަދަ ބަސްތަކެއް ރައްދުވާތީ އެކަމަށް ވެސް މައާފަށް އެދިފައެވެ.
މައާފަށް އެދިފައިވީނަމަވެސް އޭނާ އަށް އެކަމުގެ ސަބަބުން ކުރިމަތިވި ފުރައްސާރައާއި މަރުގެ އިންޒާރުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.
ޒަކިއްޓެ އަކީ މޯލްޑިވިއަން އައިޑޮލް އިން ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދި ލަވަކިޔުންތެރިއެކެވެ.
އަލީ ރަމީޒް ލަަވަ އާ މިއުޒިކާއި ދުރަށް ގޮސްފައިވީ ނަމަވެސް ދިވެހިންގެ ގެ ތެރޭގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔަކީ އަލީ ރަމީޒު ކަމުގައި ދިވެހިން ދެކެއެވެ. އަދި މިހާރުވެސް އަލީ ރަމީޒް ގެ ލަވަ ތަކަކީ ދިވެހިންގެ ތެރޭގައި އެންމެ ހިޓް ލަވަތަކެވެ.