އާޒިމްގެ އެ ވާހަކައަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ އެމްޑީޕީއަކީ މީހެއްގެ ވަށައިގެން އެނބުރޭ އެއްޗެއް ކަންވެސް އެނގިވަޑައިަންނަވާ ކަމަށެވެ. އަދި ޕާޓީގެ ވަރަށް ގިނަ އިސް މަގާމުތަކެއް ފުރުއްވާފައިވާނެ ކަމަށާ ނަމަވެސް އެމްޑީޕީން ހަމަޔާ އުސޫލުތަކުގެ ތެރެއިން ކަންކަން ކޮށްފައިނުވާ ކަމަށެވެ.
ވިޕްލައިނާ ހިލާފުވި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ: އާޒިމް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ އެ ޕާޓީގެ ހަތަރު މެމްބަރަކު ހިލާފުވި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލް މަޖިލީހަސް ބަލައިގަނެ ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ބުދަ ދުވަހުގެ ރޭ ތްރީލައިން ވިޕެއް ނެރުނީ 41 މެންބަރުންގެ ވޯޓާ އެކު އެވެ.
ނަމަވެސް މަޖިލީހަށް ބިލު ބަލައިގަތުމަށް ރޭ ނެގި ވޯޓުގައި އެމްޑީޕީގެ ހަތަރު މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވަނީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ކުރީގެ ނާއިބް ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ މަންޒަރު ވަރަށް ސާފު ކަމަށާ އެމްޑީޕީގެ ވިޕްލައިނަކީ ބޯލަބަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. މިހާތަނަށްވެސް މެންބަރުން ވިޕްނައިނާ ހިލާފުވެފައިވާ ކަމަށްް އޭނާ ވިދާޅުވިއެވެ.
މޫސަގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން އާޒިމް ވިދާޅުވީ މައްސަލަވެސް ބަލާނެ ކަމަށާ ގަވާއިދާ އެއްގޮތަށް ފިޔަވަޅުވެސް އަޅާނެ ކަމަށެވެ. އަދި އެއީ އެމްޑީޕީކަން މޫސައަށް އާޒިމް ހަނދާންކޮށްދެއްވިއެވެ.
Noon Moosa mahsalaves balaane Qavaaidhugai vaagothah fiyavalhuves alhaane mee MDP
—