ދުނިޔެ

ލުއި ދިނުމުން ދެކުނު ކޮރެއާ ގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އިތުރުވެ، މުޅި ގައުމު އަނެއްކާ ލޮކްޑައުން އަކަށް

ދެން އެމްވީ ، ދެން އޮންލައިން

ދެކުނު ކޮރެއާގައި ލޮކްޑައުން އަށް ލުއިތަކެއް ދިނުމާއެކު ވައިރަސް ޖެހުނު މީހުންގެ އަދަދު އިންތިހާއަށް އިތުރު ވެ އަލުން މުޅި ގައުމު ލޮކްޑައުން ކޮށްފިއެވެ. ލޮކްޑައުން އަށް ލުއި ދިނުމުން ވައިރަހުގެ ކޭސްތައް ވަނީ ފާިތުވި 50 ދުވަހު އިތުރުނުވާ މިންވަރަށް އިތުރުވެފައެވެ.

Ads by Sosun Fihaara

އެގޮތުން ބުރާސްފަތި ދުވަހު ވަނީ އިތުރު 79 މީހަކަށް ވައިރަސް ޖެހިފައެވެ. އަދި އޭގެ ތެރެއިން 67 ކޭސް އަކީ ސޯލް އިން ރިޕޯޓުކުރެވުނުު ކޭސްތަކެވެ.

ހަމައެއާކު އެ ދުވަހު އެގައުމުގެ ހެލްތް މިނިސްޓަރު ޕާކް ނުންހޫ ވަނީ ހަރުކަށި ސޯޝަލް ޑިސްޓެންސިން ފިޔަވަޅުތަކެއް ދެ ހަފްތާ ގެ މުއްދަތަށް އަޅާފައެވެ.

އެގައުމުގައި އެއް އިއުލާނު ކުރި އެއް މަހުގެ ލޮކްޑައުން ނިމިފައިވަނީ 6 މޭގައެވެ. އެއަށް ފަހު އެގައުމުން އަންނަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ތަކެއް ދެމުންނެވެ.

ދެކުނު ކޮރެއާ އިން މިހާތަނަށް 11,402 މީހަކަށް ވައިރަސް ޖެހިފައިވާއިރު 269 މީހަކު ވަނީ މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!