ދުނިޔެ

އިންޑިއާ ގައި ކޮވިޑް19 އަށް ނެގި ސާމްޕަލްތަކެއް ރާމާމަކުނު ވަގަށް ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގައި ކޮވިޑް19 އަށް ނެގި ސާމްޕަލް ތަކެއް ރާމާމަކުނުތަކެއް ވަގަށް ނަގައިފިއެވެ.

Ads by Sosun Fihaara

ރާމާމަކުނުތައް މި ސާމްޕަލް ތައް ވަގަށް ނަގާފައިވަނީ ލެބް ޓެކްނީޝަން އެ ސާމްޕަލް ތައް ނަގައިގެން ދިޔަ މަގުމަތީގައި އޭނާއަށް ހަމަލާ ދީގެންނެވެ.

އެގޮތުން ތިން ސާމްޕަލް އެއް އެ މަކުނުތައް އަތުލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސާމްޕަލް ތަކަކީ މީރަތު މެޑިކަލް ކޮލެޖުން ނަގައިގެން ދިޔަ ސާމްޕަލް ތަކެކެވެ. މަކުނުތައް އެ ސާމްޕަލް ތައް ނެގުމާއެކު އަލުން މި ސާމްޕަލް ތައް ވަނީ ނަގަން ޖެހިފައެވެ.

ސާމްޕަލްތައް ވަގަށް ނެގި ފަހުން އޭގެއިން އެއް މަކުނު ވަނީ އޭގެން ސާމްޕަލް އެއް ހަފަން ގަހެއްގައި އިންދާ ފެނިފައެވެ. މަކުނުތައް ވަގަށް ނެގި ސާމްޕަލް ތަކުގެ ޒަރީއާއިން ވައިރަސް ފެތުރިދާނެ ކަމުގެ ބިރު ވަނީ އެ ސަރަހައްދުގެ އާންމުން ގެ މެދުގައި ފެތުރިފައެވެ.

މި ސަރަހައްދަކީ އާންމުކޮށް ވެސް މަކުނު ގެ އުނދަގޫ ވަރަށް ބޮޑު ސަރަހައްދެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މިކަމާއި ގުޅިގެން އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!