ޚަބަރު

ކުޑަ އަންހެން ކުއްޖަކު ގެއިން ނެރެ ރޭޕް ކުރަން މަސައްކަތް ކޮށްފި

މެދު އުތުރު(ކ، އއ، އދ، މ)ގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ގެއިން ނެރެ ރޭޕް ކުރަން މަސައްކަތް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ކުއްޖާއާ ބަދުއަހްލާގީ އަމަލު ހިންގަން މަސައްކަތް ކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މީހާ އެރޭ އެ ކުއްޖާ ގޭގައި ހުއްޓާ، ބޭރަށް ނެރެ ބަދުއަހްލާގީ އަމަލު ހިންގަން މަސައްކަތް ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ އިއްޔެގެ ވަގުތެއްގައެވެ،

އަދި މި މައްސަަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!