ޚަބަރު

އިތުރު 34 މީހަކު ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 34މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިރޭ ކޮވިޑް-19 އަށް ފައްސިވި 34 މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި،21 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާ މީހެއް ކަމަށެވެ.

މިރޭ ފައްސިވި34 މީހުންނާއި އެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1547 އަށް އަރާފައެވެ. އެގޮތުން 1006 ބިދޭސީން ރާއްޖޭގައި ފައްސިވެފައިވާއިރު، ދިވެހިންގެ ތެރެއިން ފައްސިވެފައި ވަނީ ޖުމްލަ 541 މީހުންނެވެ.

ކޮވިޑް ޖެހުނު މީހުންގެ ބަލިން ރަނގަޅުވެފައިވަނީ 242 މީހުންނެވެ. ރާއްޖެއިން ކޮވިޑް ފެނުނުތާ ތިން މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މަލޭގައި ކޮވިޑް-19 ފެތުރެންފެށުމާއެކު އިއުލާންކުރި ފުރަބަންދަށް މިއަދުން ފެށިގެންވަނީ ލުއިތަކެއްދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!