ޚަބަރު

ނަރުދޫ ގެ ހުރިހާ ގެޔެއްގެ ކަރަންޓު ބިލު ދައްކައިދިނީ ދާއިރާގެ މަޖިލިސް މެންބަރު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އަށް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ލޮކްޑައުންކޮށްފައިވާ ށ. ނަރުދޫގެ ހުރިހާ ގޭބިސީއެއްގެ ކަރަންޓު ބިލު، އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ދައްކަވައިފި އެވެ.

Ads by STELCO

ދާއިރާގެ މެމްބަރު އަލީ ރިޒާ ވެސް ވަނީ ނަރުދޫގެ 87 ގޭބިސީއެއްގެ މޭ މަހުގެ ކަރަންޓް ބިލް ދައްކަވައިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފެނަކަ ބްރާންޗުގެ އޮފިޝަލަކު "ދެން" އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްރަށަށް ދަތުރުކުރި ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ފަހުން ނަރުދޫގެ އިތުރު 11 މީހަކު ވެސް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު މިއަދު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!