ޚަބަރު

ވިއްސާރައިގައި މާލެއަށް 1.4 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު: ކައުންސިލް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލެއަށް މިހާތަނަށް 1.4 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ހުޅަނގު މޫސުން ފެށި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާއިރު، މާލެ ސިޓީއަށް ވިއްސާރައިގެ ސަބަބުން ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ އިތުރުން މާލެއަށް އުދަވެސް އަރާފައިވެއެވެ.

އަދި ރަސްފަންނު ބީޗު ސުންނާފަތިވެފައި ވާއިރު، ވައި ބާރުވެ، ގިނަ އަދަދެއްގެ ގަސްތަކެއް ވެސް ވަނީ ބިމާ ހަމަވެފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝީފާ ވިދާޅުވީ މޫސުމަށް އައި ބަދަލާއެކު ވިއްސާރަވުމާ ގުޅިގެން މުޅި މާލެއަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށާއި މޭޔަރު ވިދާޅުވީ ގެއްލުން ލިބުނު ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

މޫސުން ގޯސްވެ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވެސް އަންނަނީ ހިނގަމުންނެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!