ޚަބަރު

މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އެދި ޖާބިރުގެ ސިޓީއެއް ނަޝީދަށް!

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އެދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައީސް މުހައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުވައިފިއެވެ.

Ads by Sosun Fihaara

ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ސިއްހީ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް އަދި މުޅި މާލެ ފުރަބަންދުގެ ހާލަތުގައި އޮއްވާ ސަރުކާރަށް ގޮންޖައްސަވައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވަން ފެށުމަކީ ރައްޔިތުންނަށް ނަމޫނާ ދައްކަވަންޖެހޭ، ރައްޔިތުންގެ މަޖިލިސް މެމްބަރުން ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުމަށް ނަޝީދު ހިންގެވި ޖަރީމާ އެއް ކަމަށެވެ.

މިއަދު ސަރުކާރަށް އެންމެ ބޮޑަށް މަޖިލިސްގެ އެއްބާރުލުން ލިބެންޖެހޭ ދަނޑިވަޅުގައި، 19 ވަނަ ރައްޔިތުންގެ މަޖިލިސް ނަޝީދު ހިންގަވަން އުޅުއްވަނީ ސިޔާސީ އައްޑާއެއްގެ ގޮތުގައި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"މަނިކުފާނުގެ އަމަލުތައް މިވަގުތު ހުރި ގޮތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލްކަން ހުރި ކަމަށް އަޅުގަނޑަށް ނުފެންނާތީ ވަގުތުން ވަގުތަށް މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަސް ގޮވާލަން." ޖާބިރުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އިތުރު ތަފްސީލު އަންނަނީ...

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!