ދުނިޔެ

ހަކުރު ބަލި ހުންނަ ކޮންމެ ދިހަ މީހަކުން އެކަކު ކޮވިޑްގައި މަރުވޭ: ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ޖެހޭ މީހުންގެ ތެރެއިން ހަކުރު ބަލި ހުންނަ މީހުންގެ ކޮންމެ ދިހަ މީހަކުން އެކަކު މަރުވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ޑައިބެޓަލޮޖިއާގައި ޝާއިއު ކޮށްފައިވާ މި ދިރާސާއަކީ ފްރާންސް ގައި ހެދި ދިރާސާއެކެވެ. މި ދިރާސައިން ހާމަވާ ގޮތުގައި ކޮވިޑް19 ގެ ނުރައްކާތެރިކަން ބޮޑުވާ މީހުންގެ ތެރޭގައި ހަކުރު ބަލި ހުންނަ މީހުންގެ ވެސް ހިމެނެއެވެ.

ފްރާންސްގެ 53 ހޮސްޕިޓަލަކުން 1300 މީހަކު ބައިވެރިކޮށްގެން ކުރި އެ ދިރާސާ ގައި ބުނެފައިވާ ގޮތުގައި ހަކުރު ބަލި ހުންނަ މީހުންގެ ތެރެއިން ކޮންމެ ދިހަ މީހަކުން އެކަކު ކޮވިޑް ބަލީގައި ހަފްތާއެއްގެ ތެރޭގައި މަރުވެއެވެ. އަދި ކޮންމެ ފަސް މީހަކުން އެކަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭންވެސް ޖެހޭ ކަމަށް ވެސް އެ ދިރާސާ ގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ދިރާސާގައި ބައިވެރިވެފައިވަނީ ޓައިޕް 1 ޑައިބެޓިކް ގެ 89 ޕަސެންޓް މީހުނާއި ޓައިޕް 2 ޑައެބެޓިކް ގެ ތިން ޕަސެންޓް މީހުނެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގައި މަރުވި މީހުންގެ ހަތަރު ބައި ކުޅަ އެއްބައި މީހުންނަކީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އައި މީހުން ކަމަށް ވެސް މީގެ ކުރިން އެ ގައުމުން ހާމަކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!