ގެރީގެ ކުޑަކަމުދާ އެއްޗެއްސާއި ކިރުން ކޮވިޑަށް ފަރުވާ ހޯދުމުގައި އިންޑިއާ ސައިންސްވެރިން
ގެރީގެ ކުޑަކަމުދާ ތަކެއްޗާއި ކިރުން އުފައްދާ ކޮވިޑް ފަރުވާ ގެ ކްލިނިކަލް ޓްރައިލް ތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އިންޑިއާ ސައިންސްވެރިން ބުނެފިއެވެ. ގެރީގެ ކުޑަކަމުދާ އެއްޗެއްސާއި ކިރުގެ އިތުރުން ބަޓަރާއި ގީ އަދި ގެރީގެ ބޮޑުކަމުދާ އެއްޗެއްހި ވެސް ޕަންޗްގަވްޔާ ގެ ނަމުން ނަން ދީފައިވާ މި ފަރުވާ ގައި ހިމެނެއެވެ.
މި ޕްރޮޖެކްޓަކީ އިންޑިއާ ގެ ސައިންސްވެރިންނަށް އެގައުމުގެ ސަރުކާރުން ފަންޑްކޮށްދީގެން ހިންގާ ޕްރޮޖެކްޓެކެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ސައިންޓިސްޓެއް ކަމަށްވާ ޑރ. ވައްލަބް ކައިތްރިއާ އަހްމަދު އާބާދު މިރާ ހަބަރަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި މި ބޭހަކީ އިންޑިއާ ގައި ޒަމާނުއްސުރެ ތަފާޓު އެކި ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުން ކުރަމުން އަންނަ ބޭހެކެވެ. އަދި ޒަމާނީ ބޭސް ވެރިކަމުގައި މި ބޭސް ހިމެނިފައި ނުވިނަމަވެސް ކޮވިޑް19 އަށް މި ބޭހުން ޝިފާ ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.
މި ބޭހުގެ ޓެސްޓުތައް އިންޑިއާގެ ދިހަ ހޮސްޕިޓަލެއްގައި ކުރުަމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާޖްކޯޓް އާއި އަހްމަދުއާބާދުގެ އިތުރުން ސޫރަތުގެ ސްޓޭޓް ހޮސްޕިޓަލުތަކުގައި ވެސް މި ބޭސް ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.