ދުނިޔެ

އިންޑިއާ ގައި ބިރުވެރި ދޫނިތައް ފޮނުވާލީ ޑަބިޔާ ތަޅައިގެން

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ ގެ އެކި ހިސާބުތަކަށް އަރައި ހިސޯރުކޮށްފައިވާ ގޮށްފުޅަނގިތައް ފޮނުވާލުމަށް އެގައުމުގައި ޑަބިޔާ ތަޅަން ފަށައިފިއެވެ.

Ads by Sosun Fihaara

އެގޮތުން އިންޑިއާ ފުލުހުން މިހާރު ގެންދަނީ ވެހިކަލެއްގައި އަޑުގަދަ ކުރާ އެއް ހަރުކޮށް މި ދޫނިތައް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާ ޓައިމްސް އަށް މައުލޫމާތު ދިން ފުލުހުންގެ އިސް އޮފިޝަލެއް ބުނެފައިވާ ގޮތުގައި އަޑު ގަދަ ވުމުން އެ ދޫނިތައް ފިލައެވެ. އަދި އޭނާ ވަނީ އާންމު ރައްޔިތުންގެ ދޫނީގެ އުނދަގޫ ފޯރާނަމަ އެގޮތަށް ކަންކުރުމަށް އެދިފައެވެ.

ދަނޑުތަކަށް ގެއްލުންދޭކަމަށް މަޝްހޫރުވެފައިވާ ގޮށްފުޅަނގި އަރާ ރާޖަސްތާން، މަދްޔަ ޕްރަދޭޝް، އުއްތަރު ޕްރަދޭޝް ފުރާލާފައެވެ. އަދި ވެރިރަށް ދިއްލީ ގެ ބައެއް ހިސާބުތަކަށް ވެސް ވަނީ މީގެ އަސަރުކޮށްފައެވެ.

އިންޑިޔާގެ ރަސްމީ އިދާރާތަކުންވަނީ ދަނޑުވެރިން ސަމާލުކަމަށް ގެނެސް، ދަނޑުތަކަށް ބޭނުންވާ މިފަދަ ސޫފި މަރާ ބޭސް ޓްރެކްޓަރުތަކާ ޑްރޯންމެދުވެރިކޮށް ޖަހަން ފަށާފައެވެ. މި ސޫފިތަކުގެ ސަބަބުން މި ސްޓޭޓްތަކުގައި ބޭރަށް ނިކުތުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

ޕާކިސްތާނާ ޖެހިގެން އޮންނަ ރާޖަސްތާނަށް މިގޮތަށް ގޮށްފުޅަނގި އެރުމަކީ އާންމު ކަމެކެވެ. ނަމަވެސް މި ފަހަރު ރާޖަސްތާނާ 700 ކިލޯމީޓަރު ދުރުގައި އޮތް ޖެއިޕޫރަށްވެސް ވަނީ ގޮށްފުޅަނގީގެ ބައިގަނޑު ގޮސްފައެވެ. އުތުރު އެފްރިކާގައި ވިހާ އާލާވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވާ ގޮށްފުޅަނގި އިންޑިޔާއަށް އަރައިގެން އުޅެނީ ބޮޑު 3 ގްރޫޕަކަށް ބެހިގެން ކަމަށް އިންޑިޔާއިން ހާމަ ކުރިއެވެ. ފުޑް އެންޑް އެގްރިކަލްޗަރ އޮރގަނައިޒޭޝަން އިން ހާމަ ކުރި ގޮތުގައި މީގެ ގޮށްފުޅަނގި ދުވާލަކު 150 ކިލޯމީޓަރަށް އުދުހެއެވެ. އަދި އެއް އަކަ ކިލޯމީޓަރަށް ފެތުރޭވަރުގެ ގޮށްފުޅަނގި ބައިގަނޑެއް 35،000 މީހުނަށް ކެވޭވަރުގެ ކާނާ އެއް ދުވަހުން ކާނެއެވެ.

ގޮށްފުޅަނގި މިއީ ދަނޑުތަކަށް އެންމެ ބޮޑު ގެއްލުމެއް ދޭ ސުއިއްޕެވެ. މިދިޔަ ޖެނުއަރީމަހުވެސް ރާޖަސްތާން އަދި ގުޖުރާތުގެ 300،000 ހެކްޓަރުގެ ދަނޑުގެ ގޮވާން މި ސޫފިތައް ކައިހުސްކުރިއެވެ. މިހާރު މިއީ ރާޖަސްތާނަށް ގޮވާން ކަނޑާދުވަސް ވަރެއް ނޫނެވެ. ނަމަވެސް މިއަންނަ މަހު ގޮވާން ކުރަން ފަށާނެއެވެ. އެހެން ކަމުން އޭގެކުރިން މިކަމަށް ފުރިހަމަ ހައްލެއް ނުހޯދިއްޖެނަމަ ދަނޑުވެރިކަމުގެ މޫސުމުގައި ގޮވާން ހެއްދުމަށް ހުރަސް އެޅޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!