ޚަބަރު

ތިން ގައުމެއްގައި ތިބި 103 ދިވެހިން ރާއްޖެ ގެނެސްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވި އެކި ގައުމުތަކުގައި ތާށިވެފައި ތިބި 103 ދިވެހިން މިއަދު ރާއްޖެ ގެނެސްފި އެވެ.

އެގޮތުން މިއަދު ރާއްޖެ އައި ސްރީލަންކަން އެއާލައިން ގެ ފްލައިޓުގައި މިއަދު ރާއްޖެ އައިސްފައި ވަނީ ބެލަރޫސް އިން 48 މީހުންނާއި އިނގިރޭސިވިލާތުން 23 މީހުން އަދި ސްރީ ލަންކާއިން 32 މީހުންނެވެ. އެ ފަރާތްތައް މިއަދު 11:00 ޖަހާއިރު ކަރަންޓީން ފެސިލިޓީތަކަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން ވެސް ބޭރު ގައުމުތަކުގައި ނާދެވިފައި ތިބި ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ.

އުސޫލެއްގެ ގޮތުން މި ގޮތަށް ރާއްޖެ އަންނަ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!