16 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި
16 ފުޅި ބަނގުރަލާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 2:58 ހާއިރު ހުޅުމާލެ ޕޮލިސް އިން ޕެޓްރޯލް ކުރަމުންދިޔައިރު ބަގީޗާ ހިނގުމުގައި ފޮއްޓެއް ދަމާފައިދިޔަ މީހަކަށް ޝައްކު ކުރެވިގެން އޭނާ ހުއްޓުވާ ބަލައިފާސްކުރި ކަމަށެވެ.
އެގޮތުން 16 ފުޅި ބަނގުރާ އާއި ދެ ބިޔަރު ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Ads by Allied Insurance