ޚަބަރު

މުސްތަފާގެ އިންޒާރު: މިސްކިތްތައް ހުޅުވުމަށް ގޮވާލާ ރައްޔިތުން މަގު މައްޗަށް ނިކުންނަން ޖެހިދާނެ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން މާލެ އާއި ބައެއް ރަށްރަކުގައި ބަންދު ކޮށްފައިވާ މިސްކިތްތައް ހުޅުވުމަށް ގޮވާ ރައްޔިތުން މަގު މައްޗަށް ނިކުންނަން ޖެހިދާނެ ކަމަށް ތިމަފަރުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

Ads by MWSC

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްކިތްތައް ބަންދު ކޮށްގެން އުޅެނީ ކޮވިޑް ގެ މައްސަލައެއްގައި ނޫން ކަމަށާއި ކޮންމެ ވެސް އެހެން ސަބަބެއް އެބަ އުޅޭ ކަމަށެވެ.

"ސައުދީ އެީ 35 މިލިއަން މީހުން އުޅޭ ގައުމެއް. މިވެސް 100 ޕަސެންޓު މުސްލިމުން ދިރިއުޅޭ ގައުމެކޭ ކިޔައިގެން އުޅޭ ގައުމެއް. މި ގައުމުގައި އަދިވެސް މިސްކިތްތައް ބަންދު." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ މިހާރުން މިހާރަށް މިސްކިތްތައް ހުޅުވުމަށް ގޮވާލާ ކަމަށާއި އެހެން ނޫނީ ރައްޔިތުން މަގުމައްޗަށް ނިކުންނަން ޖެހިދާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ނިންމާފައި އޮތް އޮތުން އަންނަ މަހުގެ 11ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ވަނީ އިތުރު ކޮށްފައެވެ.

މިހާތަނަށް ޖަމާއަތް ހެދުމަށް ހުއްދަ ނުދީ ވަނީ ހަތް ރަށެއްގައެވެ. އެނޫން ހުރިހާ ރަށެއްގައިވެސް ޖަމާއަތް ހެދުމަށް ވަނީ ހުއްދަ ދީފައެވެ. ހުއްދަ ނުދޭ ރަށްތަކަކީ ގްރޭޓާ މާލެ ސަރަހައްދު، ހއ. ތަކަންދޫ، ށ. ނަރުދޫ، ށ. މިލަންދޫ، ނ. މަނަދޫ، ކ. ހިންމަފުށި، އަދި ކ. ތުލުސްދޫއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!