މުނިފޫހިފިލުވުން

78 އަހަރުން ދަސްނުވާހާ ގިނަ އެއްޗެހި ލޮކްޑައުން ގައި ދަސްވެއްޖެ: އަމީތާބު

ދެން އެމްވީ ، ދެން އޮންލައިން

އޭނާގެ ހަޔާތުގައި ހޭދަ ކުރި 78 އަހަރު ދުވަހުގެ ތެރޭގައި ދަސްނުވާހާ ގިނަ އެއްޗެހި މި ލޮކްޑައުން ގައި ދަސްވެއްޖެ ކަމަށް ބޮލީވުޑުގެ ސުޕަރސްޓަރ އަމީތާބް ބައްޗަން ބުނެފިއެވެ.

Ads by STELCO

އަމީތާބް މިހެން ބުނެފައިވަނީ އިންސްޓަގްރާމް ގައި އޭނާ ހިއްސާކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓު ގައި އޭނާ ވަނީ ޅައިރުގެ ފޮޓޯ އަކާއި މިހާރުގެ ފޮޓޯ އެއްގެ ކޮލާޖު ފޮޓޯ އެއް ހިމަނާފައެވެ.

އަދި ކެޕްޝަން ގައި އަމީތާބް ބުނެފައިވަނީ ލޮކްޑައުންގެ މި ދުވަސްވަރު އޭނާގެ ހަޔާތުގައި ޙޭދަކުރި ހުރިހާ ކަމަކަށް ވުރެ ގިނަ ކަންތައްތައް ދެނެގަނެވި، ދަސްވެފައިވާ ކަމަށެވެ. އަދި މިކަން މިގޮތަށް އެ ހަގީގަތް އެގޮތަށް އާންމުންނާ ހިއްސާކުރެވެނީ އޭނާ އަށް ދަސްވި އެއްޗެހީގެ ސަބަބުން ކަމުގައި އަމީތާބު ބުނެފައިވެއެވެ.

މީގެ އިތުރުން އަމީތާބު އޭނާގެ ބްލޮގް ގައިވެސް މި ލޮކްޑައުން އަކީ ފާއިތުވި 78 އަށް ވުރެ ރަނގަޅު ދުވަސްތަކެއް ކަމުގައި ލިޔެފައިވެއެވެ.

އަމީތާބު އަބަދުވެސް ފާހަގަވެފައި އޮންނަނީ މީސް މީޑިއާ އާ ވަރަށް ރައްޓެހި ސުޕަރސްޓާރެއްގެ ގޮތުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!