ޚަބަރު

ފައްސިވާ މީހުންގެ އަދަދު ގިނަވަނީ ލޮކްޑައުންއަށް ލުއި ދިނުމުން ކަމަކަށް ނުބެލެވޭ: ޑރ. އަފްޒަލް

ދެން އެމްވީ ، ދެން އޮންލައިން

މިހާރަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ގިނަވަނީ ލޮކްޑައުންއަށް ލުއި ދިނުމުން ކަމަކަށް ނުބެލެވޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު މި ބައްޔަށް 101 މީހަކު ފައްސިވެފައިވާއިރު އޭގެތެރެއިން 8 މީހުންނަކީ ދިވެހިންނެވެ. ދެން ތިބީ ބަންގްލަދޭޝްގެ 72 މީހުންނާއި، އިންޑިއާއަށް ނިސްބަތްވާ 21 މީހެކެވެ. މި މީހުންނާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1773 އަރައިފިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ފައްސިވި މީހުންގެ ތެރޭގައި ގިނައީ އެކި ކްލަސްޓާތަކާއި ގުޅުން ހުރި މީހުންކަމަށެވެ. އެގޮތުން މިއަދު ފައްސިވި 101 މީހުންގެ ތެރެއިން 79 މީހުނަކީ ބިދޭސީންކަމަށާއި، އެއީ ކުރީގެ ކްލަސްޓަތަކާއި ގުޅުންހުރި މީހުންކަމަށެވެ.

މިއީ ފިޔަވަޅުތަކަށް ލުއި ދިނުމުން އައި ކޭސްތަކެއްކަމަށް ނުބެލެވޭކަމަށާއި، މިއީ ފެސިލިޓިސްތަކުގައ ތިބި ބައެއްކަމަށް ޑޮކްޓަރ އިބްރާހީމް އަފްޒލް ވިދާޅުވިއެވެ. މީގެ އިތުރުން މިއަދު ފައްސިވި މީހުންގެ ތެރެއިން އެއްވެސް ކްލަސްޓާސްއަކާއި ގުޅުން ނެތް އެއް ބިދޭސީއެއްވެސް ފެނިފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

މިއަދު ފައްސިވި ކޭސްތަކުގެ ތެރެއިން ކްލަސްޓާސްތަކާއި ގުޅުންހުރި ހަތް ދިވެހިން ބައްޔަށް ފައްސިވެފައިވާއިރު، ކްލަސްޓާސްއަކާއި ގުޅުންނެތް އެއް ދިވެއްސެއް ކޮވިޑަށް ފައްސިވެފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިހާތަނަށް ފަރުވާދެވި މިބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 453 އެކެވެ.

މިހާރު 3 ލެބޯޓްރީއަކުން ޓެސްޓް ހަދަމުން ގެންދާއިރު ދެން ކޮންމެ ދުވަހަކުވެސް ނަތިޖާތައް އިއުލާންކުރުމުގައި އަމަލު ކުރާނީ ދަންވަރު ބާރައިން ފެށިގެން އަންނަ ދުވަހުގެ އިރުއޮއްސި 6 ގެ ނިޔަލަށް ލިބޭ ނަތީޖާތަކަށް ބަލައިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!