ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަކަށް ރައީސް މައުމޫނަކަށް ވިދާޅެއް ނުވެވޭނެ: ނަޝީދު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކަށް ވިދާޅެއް ނުވެވޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން މި ވިދާޅުވީ ޔާމީން ޖަލަށްލީ އިންސާފުން ނޫން ކަމަށް ޚުދު ރައީސް މައުމޫން ވެސް ވިދާޅުވާ އަޑު އިވިވަޑައިގަންނަވާނެ ކަމަށް މައުމޫންގެ ދަރިކަލުން އަދި ޔާމީނަށް ބޭބެ ވިދާޅުވާ ޣައްސާން މައުމޫން ވިދާޅުވެފައި ވަނިކޮށެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަކަށް މައުމޫނަކަށް ވިދާޅެއް ނުވެވޭނެ ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.
Raees Yameen jalahlee nuhaqqun kamah Raees Maumoon akah vidhaalheh nuveveyne
— Mohamed Nasheed (@MohamedNasheed) June 1, 2020
ޣައްސާން އިއްޔެ ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ މި ސަރުކާރުގެ ކޯލިޝަންއަކީ ތެލާ ފެނުގެ ގުޅުމެއް ކަމަށެވެ. ނަމަވެސް ރައީސް މައުމޫނާއި ރައީސް ޔާމީނަކީ ލެޔާ ލޭގެ ގުޅުމެއް ކަމަށެވެ. އެ ގުޅުން މާ ބަދަހިވާނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.