ލައިފްސްޓައިލް

ޕީރިއަޑްވުން ލަސްވާ ކުދިންނަށް އުފާވެރި ޚަބަރެއް

ދެން އެމްވީ ، ދެން އޮންލައިން

މައްސަރުކަންތައް ޖެހެން ފަށަނީ އާންމުކޮށް 12-13 އަހަރުގައި ނަމަވެސް މިޒަމާނުގައި އުމުރުން ނުވަ އަހަރުގައި މައްސަރު ކަންތައް ޖެހޭ ކުދިން ވެސް މަދެއް ނޫނެވެ. އެކަމަކު ބައެއް ކުދިން މި އުމުރުތައް ފަހަނަޅައި ދާއިރު ވެސް މިކަން ނުޖެހި އެކަމާ ކަންބޮޑުވެގެން ވެސް އުޅެ އެވެ. މިއީ މާޔޫސްވާން ޖެހޭ ކަމެއް ނޫނެވެ. މިފަދަ ކުދިންނަށް ސައިންސްވެރިން ދެނީ މާ އުފާވެރި ޚަބަރަކަށް ވާތީ އެވެ.

Ads by Sosun Fihaara

ވަރަށް ފަހުން ސައިންސްވެރިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އުމުރުން 12 އަހަރު ފުރޭ ފަހުން މައްސަރުކަންތައް ޖެހެން ފަށާ ކުދިން 90 އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުރުމުގެ ފުރުސަތު މާ ބޮޑުކަމަށެވެ.

"މެނޮޕޯސް" ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓަކީ ޔުނިވަސިޓީ އޮފް ކެލިފޯނިއާ ސެން ޑިއޭގޯ ސްކޫލް އޮފް މެޑިސިންގެ ރިސާޗަރުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ދިރާސާ ބިނާކޮށްފައި ވަނީ 21 އަހަރުން ދަށުގެ 21،000 އަންހެނުންގެ މައުލޫމާތަށެވެ.

ދިރާސާއިން ފާހަގަ ކުރެވުނު އެންމެ މުހިއްމު ކަމަކީ އުމުރުން 12 އަހަރު ފުރޭ ފަހުން ފުރަތަމަ ފަހަރަށް މައްސަރުކަންތައް ޖެހި 50 އަހަރުގައި އިއްދައިން ކެނޑޭ އަންހެނުންގެ އުމުރު އެނޫން މީހުންނަށް ވުރެ އާއްމުކޮށް މާ ދިގު ކަމެވެ. އަދި މިފަދަ މީހުން 90 އަހަރު ފުރެންދެން ދުނިޔޭގައި ހުރުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ވަނީ ބުނެފަ އެވެ.

މިފަދަ އަންހެނުންނަށް ހަކުރުބައްޔާއި ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ވެސް ކުޑަ ކަމަށާއި މިފަދަ އަންހެނުންގެ ގައިގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަ އަށަގަތުން ވެސް ދުރު ކަމަށް ދިރާސާ ކުރި ފަރާތުން ފާހަގަކޮށްފައިވެ އެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!