ތާޖު އެގްޒޯޓިކާ ރިސޯޓުގައި ރޯވެ އަނދަނީ

ތާޖް އެގްޒޯޓިކާ ރިސޯޓުގެ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 08:30 ގައެވެ.
އެމްއެންޑީއެފް ފަޔަރ އިން އެ ސަރަހައްދަށް ދިޔައިރު އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
ރޯވެފައިވަނީ އެ ރިސޯޓުގެ އިންޖީނު ގޭގައެވެ.