ލައިފްސްޓައިލް

ވިއްސާރަވެ ހޮނުއަޅައި، ތާޖު މަހަލް އަށް ބޮޑެތި ގެއްލުންތަކެއް

ދެން އެމްވީ ، ދެން އޮންލައިން

ގަދަ ވިއްސާރައާއެކު، ދުނިޔޭގެ ހަތް އަޖައިބުން އެއް އަޖައިބު ކަމުގައިވާ ތާޖު މަހަލްއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

Ads by STELCO

ތާޖް މަހަލް އަށް ގެއްލުންތައް ލިބިފައިާއިރު ކޮވިޑް19 ގެ ސަބަބުން މާޗު މަހުގެ މެދު ތެރެއިން ފަށައިގެން ތާޖު މަހަލް ހުރީ ބަންދުކޮށްފައެވެ.

ތާޖު މަހަލް ގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ގިނަ ގެއްލުންތައް ލިބިފައިހުރީ ޓޫރިސްޓުން ގެ ވެއިޓިން އޭރިއާ އަށާއި ޗެކިން އޭރިއާ އަށެވެ. ތާޖު މަހަލް ގެ އިމާރާތަށް ގެއްލުމެއް ސީދާ ލިބިފައިނެތް ނަމަވެސް ބައެއް ތާޖު މައުސޯލިއަމް ގެ ރެއިލިން ހަލާކުވެ ބައެއް މާބަލް ތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ކުރި ވިއްސާރަގައިވެސް ތާޖު މަހަލަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެއެވެ.

އިންޑިއާގެ އާގްރާ ގައި ހުންނަ ތާޖް މަހަލް އަކީ ހިންދުސްތާންގެ އާގަރާގައި 1631 ވަނަ އަހަރާއި 1654 ވަނަ އަހަރާ ދެމެދު ކުރެވުނު ހަދާނީ ބިނާއެކެވެ. މި އިމާރާތުގެ މަސައްކަތުގައި ވިހި ހާހަށް ވުރެ ގިނަ މީހުން އުޅެފައިވެއެވެ. މިއީ މުޣަލް ރަސްގެފާނު ޝާހް ޖަހާން އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަޙަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ.

ތާޖު މަހަލް ބިނާކުރުމުގެ މަސައްކަތް ފަށާފައިވަނީ 1632 ވަނަ އަހަރުއެވެ. މުޅި އިމާރާތް އެއްކޮށް ބިނާކޮށް ނިމިފައިވަނީ 1653 ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!