އެންދަމަން ފޭބި ޒުވާނަކު ކަނޑުވެފައި އޮއްވާ ސަލާމަތްކޮށްފި
ރ. މަޑުއްވަރީ ދޯންޏަކުން އެންދަމަން ފައިބާ އުޅުނު މީހަކު ކަނޑުވެފައި އޮއްވާ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ފެނިގެން އެ މީހާ ސަލާމަތް ކޮށްފިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ މަހަށް ދިޔަ ދޯނިން އެންދަމައިގެން ނައްޓާލާފައި ވަނީ އޭނާ އެންދަމަން ފައިބައި އޮއްވަ އެވެ. އަދި އޭނާ ނެތްކަން ދޯންޏަށް އެނގުނު ކަމަށް ވަނީ ދޯނި މަސްކިރަން އޮއްވާ ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ ކަނޑުން ނަގާފައި ވަނީ އެސަރަހަދުން ދަތުރުކުރި ކ. އަތޮޅު ހުރާ ދޯންޏަކުންނެވެ. ކަނޑުން ނެގިމީހާ އަށް މިހާރު މަޑުއްވަރީ ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް އެއް ނޫނެވެ.
ފުލުހުން ބުނީ އޭނާއަކީ މަޑުއްވަރީއިން މަހަށް ދިޔަ ދޯންޏަކުން ފީންނަން ފޭބި މީހެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާއި އެހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.