ޚަބަރު

އިތުރު 56 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 1800 އަށް ވުރެ މައްޗަށް

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 56 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 1800 އަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by MWSC

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މި ބައްޔަށް 56 މީހަކު ފައްސިވެފައިވާއިރު، އޭގެތެރެއިން 27 މީހުންނަކީ ދިވެހިންނެވެ. ދެން ތިބި 29 މީހުންނަކީ ބިދޭސީންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ފައްސިވި 27 ދިވެހިންގެ ތެރެއިން އެކަކު ފިޔަވާ އެހެން އެންމެނަކީ އޭގެ ކުރިން ފެނިފައިވާ ކްލަސްޓާތަކުގައި ހިމެނޭ މީހުންކަމަށެވެ. އަދި ފައްސިވި 29 ބިދޭސިންގެ ތެރެއިން ހަތަރު މީހަކު ފިޔަވާ ދެންތިބި އެންމެނަކީ ކުރީގެ ކްލަސްޓާތަކާއި ގުޅުހުން ހުރި މީހުންކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 1829 އަރާފައިވާއިރު، 488 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހަ މީހަކު ވަނީ ކޮވިޑްގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!