ޚަބަރު

ﷲއަށް ހަމްދުހުރި، އިތުރު 35 މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 35 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖެއިން ކޮވިޑަށް އެންމެ ގިނައިން ފައްސިވެފައިވާ ބިދޭސީން ނަމަވެސް ބަލިން ރަނގަޅުވެފައިވާ ގިނަ މީހުންނަކީ ދިވެހިންނެވެ. ބަލިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ބަލިމީހާގެ އަލާމާތެއް ނުފެނި އޭނާގެ ގައިން ނަގާ ސާމްޕަލް ޑަބަލް ނުވަތަ ދެވަނަ ފަހަރަށް ނައްސިވުމުންނެވެ.

ފައްސިވި މީހުންގެ ތެރެއިން ބަލިން ރަނގަޅު މީހުންގެ އަދަދު 488 އަށް އަރާފައިވާއިރު، ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް ދުވާލަކަށް 27 އިންސައްތައަށް އަރާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1829 އަރާފައެވެ. އަދި މި ބަލީގައި ހަ މީހަކު ވަނީ ނިޔާވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!