ރައީސް ނަޝީދުގެ ރޭވުމަކީ އެމްއާރުއެމްގެ ކުށެއް ދައްކައިގެން ކޯލިޝަނުން ބޭރުކޮށްލުން: އާދަމް ޝަރީފް
ރައީސް މުހައްމަދު ނަޝީދުގެ ރޭވުމަކީ ކުށް ދައްކައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، އެމްއާރުއެމް ކޯލިޝަނުން ބޭރުކޮށްލުން ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ ނުހައްގުން ކަމަށް މައުމޫނަށް ވިދާޅުނުވެވޭނެ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. އަދި އޭގެ އިތުރަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
RY jaalah lee nuhaggun kamah RM ah vidhaalhu nuveveynee:
1. RY ah ivvaafaivanee MRM himeney sarukaarun nufoozu foaruvaigen ivvaafaivaa siyaasee hukumakah vun,
2. RN ge reyvumakee MRM ge kusheh dhakkaigen coalition in beyrukollunkan visnivadaigathun. WA.
https://t.co/9k7hfzdJao— Adam Shareef Umar (@Adamshareefz) June 1, 2020
ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ރައީސް ޔާމީންގެ ދިފާއުގައި ރައީސް މައުމޫން ވާހަކަދައްކަވާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނުގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ވަނީ ދެއްވާފައެވެ.
ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށާއި، އެ މަނިކުފާނު މިނިވަންކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަނީ ވަރަށް ފާޅުކަން ބޮޑުކޮށް، ކެރިގެން ކަމަށެވެ.