Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބަޑި ބަހައްޓައިގެންވެސް އިސްލާޙު ފާސްކުރާނަން: އަނދުން ޙުސައިން

ބަޑި ބަހައްޓައިގެންވިޔަސް އަދި ބޮލާ ބޯ ޖައްސަވައިގެންވިޔަސް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިނގުން ކަށަވަރުކުރުމުގެ ބިލް 2020" އަދި ޤާނޫނު އަސާސީން އިސްލާހުކުރަން ޖެހޭ މާއްދާ ފާސްކުރާނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު ވިދާޅުވެއްޖެއެވެ.

މެންބަރު ޝަހީމު މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިޔަށް ދާ ރައްޔިތުގެ މަޖިލީހުގެ 2020 ވަަނަ އަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ޝަހީމު ވިދާޅުވީ، ޤާނޫނީ ހުސްކަމަކަށް ދައުލަތުގެ ހިންގުމުގެ ބައެއް ގޮސްގެން އުޅޭ ހާލަތުގައިވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ، ޖަލުން މީހަކު މިނިވަން ނުކުރެވިގެން ކަމަށެވެ. އަދި ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާއިރު އެ ފާޓީތަކަށް ނިސްބަތްވާ އެތައް ކައުންސިލަރުންނެއް އެބަ ތިއްބެވި ކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ޝަހީމު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދީފައިވަނީ ވަރަށް އިތިުބާރާއެކުގަިކަމަށެވެ. އެހެންކަމުން މިރޭ ފާސްކުރަން މިއުޅޭ އިސްލާހަަކީ އެ ރައްޔިތުންނަށް ޚިދުމަތްކޮށް، އެ ރައްޔިތުންނަށްޓަކާ ފާސްކުރަން ޖެހޭ އިސްލާހެއްކަމަށްވެސް ވިދާޅުވިއެވެ.

އަދި ބަޑި ބަހައްޓައިގެން ނަމަވެސް ނުވަތަ ބޮލާއި ބޯ ޖައްސައިގެންވިޔަސް އެ އިސްލާޙު ފާސްކުރާނޭކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް