އަދި އެގޮތަށް ގެނެވޭ އިސްލާހު ގާނޫނުގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަކޮށް ބަޔާންކޮށްފައި އޮންނަން ވާނެ ކަމަށްވެސް އެ ލަފާގައި ބުނެފައިވެއެވެ.
ކައުންސިލަރުންގެ ދައުރު އިތުރު ކުރާ އިސްލާހު 74 ވޯޓުން ފާސްކޮށްފި!
ކައުންސިލްތަކުގައި މިހާރު ތިއްބެވި މެންބަރުންގެ ދައުރު އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލު މަޖިލީހުން މިރޭ ފާސްކުރީ 74 މެމްބަރުންގެ ވޯޓާއެކުއެވެ. އެ ބިލު ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެންނެވެ.
ޤާނޫނު އަސާސީއަށް ރޭ ގެނައި އިސްލާހަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ދެ އަަކުރެއް އިތުރުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލުމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި މިބިލި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެއްވުމަށް ފޮނުވާނެއެވެ.
ގާނޫނު އަސާސީއަށް އިސްލާހުގެ ގެނެސްފައިމިވަނީ ކައުންސިލަރުންގެ މުއްދަތު ދައުރު އިތުރުކުރިނަމަވެސް އެ މުއްދަތުގައި މިހާރު ތިބި ކައުންސިލަރުންގެ ބާރުތައް ވަކިގޮތަކަށް ބޭނުންކުރެވޭ ގޮތަށް ވަކި ހާއްސަ ޤާނޫނެއް މަޖިލީހުން ފާސްކުރުމާއި އެކުއެވެ. މި ގާނުނުގައި ކައުންސިލަރުން ބައެއް ނިންމުންތައް ނިންމަން އެލްޖީއޭގެ ހުއްދަ ހޯދަންޖެހެއެވެ.
ކައުންސިލަރުންގެ ދައުރު ހަމަވާތީ ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުމުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލުފާތުވުންތައް އުފެދިފައެވެ.
އެއާއެކު މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ލަފަޔެއް ހޯދުމަށް ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މަޖިލީހަށް ދެއްވި ލަފާގައި ބުނެފައިވަނީ ގާނޫނުގެ މާއްދާއަކަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.