މަޖިލީހުގެ ހިނގި ކަންކަމުގެ ތެރެއިން ޝިޔާމް އަށް އަނިޔާވެފައިވާއިރު، އިދިކޮޅުން ވަނީ ޝިޔާމް އަށް އަނިޔާކުރީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އެންގެވުމަށް ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ މައްސަލަ ބެލުމަށް ފުލުހަށް ވެސް ވަނީ ހުށަހަޅާފައެވެ.
ރިޔާސަތުން އެހެން މެމްބަރުން ލައްވާ މެމްބަރަކު ތަޅުމުން ނެރުމަކީ ކުށެއް: މޫސަ
ރިޔާސަތުން އެހެން މެމްބަރުންނަށް އަންގައިގެން މެމްބަރުން ލައްވާ އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ކުށެއް ކަމަށް ކުރީގެ މަޖިލީހުގެ ނައިބް ރައީސްކަން ކުރެއްވި މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަދެއްކެވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޖަލްސާގައި އަޑުގަދަ ކުރައްވާފައެވެ. އެއާއެކު ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.
ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން ސަރުކާރަށް ތާއީދުކުރާ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކޮށް އެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.
މިކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރެއްގެ ނަން އިއްވުމުން ބޭރަށް ނުދާނަމަ މަޖިލިސް މެދުކަނޑާލައި އެ މެމްބަރަކު ތަޅުމުން ނެރެން ޖެހޭނީ ސެކިއުރިޓީން ލައްވާކަމަށެވެ.
"އެއާ ޚިލާފަށް ރިޔާސަތުން އެހެން މެމްބަރުންނަށް އަންގައިގެން މެމްބަރުންލައްވާ އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ހުއްދަކަމެއް ނޫން އެފަދަ ޢަމަލެއްކުރުމަކީ ކުށެއް." މޫސަ ވިދާޅުވިއެވެ.
މެމްބަރެއްގެ ނަން އިއްވުމުން ބޭރަށްނުދާނަމަ މަޖްލިސްމެދުކަނޑާލާ ސެކިއުރިޓީންލައްވާ. އެމެމްބަރަކުތަޅުމުންނެރެންޖެހޭނީ އެއާޚިލާފަށް ރިޔާސަތުން އެހެންމެމްބަރުންނަށް އަންގައިގެން މެމްބަރުންލައްވާ އެއްވެސް މެމްބަރަކު ތަޅުމުންބޭރުކުރުމަކީ ހުއްދަކަމެއްނޫން އެފަދަޢަމަލެއްކުރުމަކީ ކުށެއް
— Reekomoosa (@ReekoMoosa) June 2, 2020