އިންތިޒާރުކޮށްކޮށް ތިއްބާ، ޕްލޭސްޓޭޝަން 5 ދައްކައިލުން ލަސްކޮށްފި
ޕްލޭސްޓޭޝަން 5 ދައްކައިލަން ބުރާސްފަތި ދުވަހު ބާއްވަން ނިންމި އިވެންޓް އެމެރިކާގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކާ ހެދި ފަސްކޮށްފި އެވެ.
ޕްލޭސްޓޭޝަނުން ކުރި ޓްވީޓެއްގައި ބުނީ ޕީއެސް 5 އަށް ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ނަމަވެސް މިއީ އެފަދަ ކަމަކަށް އެންމެ މުނާސަބު ވަގުތު ނޫން ކަމަށާއި އެއަށްވުރެ މުހިއްމު ކަންކަން މި ވަގުތު ގައުމުގައި އެބަހުރި ކަމަށެވެ.
އެމެރިކާގައި ފުލުހުން އާންމުންގެ މީހަކު މަރައިލުމާ ގުޅިގެން އެކަމާ ދެކޮޅަށް އެތައް ބަޔަކު މަގުތަކަށް ނުކުމެ މުޒާރަހާކުރަމުން އެބަ ގެންދެ އެވެ. މި މުޒާހަރާތައް އެމެރިކާގެ އެ ސިޓީތަކަށް ފެތުރި، ފުޅާވަމުންދާ އިރު، ބޮޑެތި ހަމަނުޖެހުންތަކެއް ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި މުޒާރަހާތަކުގެ ބައިވެރިންނާއި ފުލުހުން ދެމެދު ކުރިމަތިލުން ހިނގުމާއި މުޒާހަރާކުރާ މީހުން ވިޔަފާރިތައް ލޫޓްވުން ފަދަ ކަންކަން ހިމެނެ އެވެ.
މިކަމާ ގުޅިގެން މިހާތަނަށް އެތައް ބަޔަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.
މި އަހަރު ފަހުކޮޅު ބާޒާރަށް ނެރެން ނިންމާފައިވާ ޕީއެސް 5 ދައްކައިކަން ރޭވި އިވެންޓް ކެންސަލްކޮށް، އަލުން އިވެންޓް ބާއްވާނެ އިރަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.
— PlayStation (@PlayStation) June 1, 2020