ލައިފްސްޓައިލް

މައިގްރެއިންގެ ސަބަބަކީ މިއީ ކަމުގައި ވެދާނެ

ދެން އެމްވީ ، ދެން އޮންލައިން

މައިގްރެެއިންގެ އުނދަގުލާ ކުރިމަތިވެފައިވާ ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ ކިބައިން ވިޓަމިން މަދުވުމުގެ މައްސަލަ ފާހަގަވެފައިވާ ކަމަށާއި ބައެއް ވިޓަމިންތައް މަދުވުމަކީ މައިގްރެއިންގެ ރިހުމާ ކުރިމަތިވާ ސަބަބު ކަމަށް ވެދާނެ ކަމަށް ސައިންސްވެރިން އާ ދިރާސާއަކަށް ފަހު ބުނެފި އެވެ.

Ads by Sosun Fihaara

"ވިޓަމިން މަދުވުމުގައި މައިގްރެެއިންގެ ވޭނާ ކުރިމަތިލާން ޖެހޭ ސަބަބުކަން ކަށަވަރު ކުރުމަށް އަދި އިތުރު ޓެސްޓްތައް ހަދަންޖެހޭ،" ދިރާސާގައި އިސްކޮށް ހުންނެވި، ސިސިނާތީ ޗިލްރެންސް ހޮސްޕިޓަލް މެޑިކަލް ސެންޓަރުގެ ޑރ. ސޫޒަން ހެގްލާ ވިދާޅުވެފައިވެ އެވެ.

މި ދިރާސާކުރި ހޮސްޕިޓަލުން ވަނީ މައިގްރެެއިން ހުންނަ ފުރާވަރުގެ ކުދިންނާއި ކުޑަކުދިންނާއި ޒުވާނުންގެ މައުލޫމާތު އެއްކޮށްފަ އެވެ. މި އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި މައިގްރެއިން ހުރި ވަރަށް ގިނަ ކުދިންނަކީ ހަށިގަނޑުގައި ވިޓަމިން ޑީ އާއި ރިބޮފްލަވިން އަދި ކޫއެންޒައިން 10 މަދު ކުދިންނެވެ. ކޫއެންޒައިން 10 އަކީ ސެލްތަކުގެ ހެދިބޮޑުވުމަށާއި މަރާމާތަށް ބޭނުންވާ ވިޓަމިނެއް ފާޑުގެ މާއްދާއެއް ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.

ދިރާސާއިން ހާމަވި ގޮތުގައި ކޫއެންޒައިމް 10 މަދުވުމުގެ މައްސަލަ ފިރިހެންކުދިންނަށް ވުރެ އާންމީ އަންހެން ކުދިންގެ މެދުގަ އެވެ. އެމެރިކަން ހެޑޭކް ސޮސައިޓީގެ އަހަރީ ބައްދަލުވުމަށް ހުށަހެޅި މި ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ މައިގްރެެއިންގެ އުނދަގޫ އާންމުކޮށް ދިމާވާ މީހުންނަށް ވިޓަމިން ދީގެން، މައިގްރެއިންގެ އުނދަގޫ ކުރިމަތިވާ އަވަސްމިން ދުރުކުރެވިދާނެތޯ ބެލިފައި ވަނީ މާ މަދު އަދަދެެއްގެ ބަޔަކު ބޭނުންކޮށްގެން ކަމަށާއި އެހެންވެ މިކަމުގައި އަދި ވަކި ގޮތަކަށް ބުނަން ނޭނގޭ ކަމަށެވެ.

މީގެ ކުރީގެ ބައެއް ދިރާސާތަކުގައި ވެސް ވަނީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން ބޭނުންކޮށްގެން މައިގްރެއިން އަށް ފަރުވާ ކުރެވިދާނެތޯ ބަލައިފަ އެވެ. ނަމަވެސް އެ ދިރާސާތަކުން ވެސް ވަކި ނަތީޖާއެއް ކަނޑައެޅޭ ވަރެއް ނުވި އެވެ. އެކި ފަހަރު ނަތީޖާ ދައްކާފައި ވަނީ އެކި ގޮތަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!