ޚަބަރު

މޫސަ، ނަޝީދަށް: މީހަކަށް އަނިޔާއެއް ދޭއިރު އެކަން ނުހުއްޓުވާ އެކަމަށް ފޯރިދޭން ހުރެފާނެ ކަމަކަށް ހިޔެއް ނުކުރަން!

ދެން އެމްވީ ، ދެން އޮންލައިން

މީހަކަށް ކުޑަވެސް އަނިޔާއެއް ދޭއިރު އެކަން ނުހުއްޓުވާ އެކަމަށް ފޯރިދޭން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުރެފާނެ ކަމަކަށް ހީނުކުރައްވާ ކަމަށް މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކޮ ވިދާޅުވެއްޖެއެވެ.

Ads by MWSC

ރޭ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަދެއްކެވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޖަލްސާގައި އަޑުގަދަ ކުރައްވާފައެވެ. އެއާއެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން އެމްޑީޕީ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކޮށް އެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާ ޝިޔާމަށް ވަނީ އަނިޔާ ވެފައެވެ. އަނިޔާތަކާއެކު ޝިޔާމް ވަނީ ހޮސްޕިޓަލަށް ގޮސް ފަރުވާވެސް ހޯދާފައެވެ.

ޝިޔާމް އަށް އަނިޔާކުރަން އެންގީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ މައްސަލަ ބެލައި ދިނުމަށް ޝީޔާމު ވަނީ ފުލުހަށް ވެސް ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 8 ފެބްރުއަރީ 2012 ގައި ނަޝީދަށް އަނިޔާ ލިބުނަނުދޭން އަށްޑައަކަށް ވީތީ މޫސަ ތަޅާ ޗިއްކުރި ކަމަށެވެ.

"ދުވަހަކުވެސް ހިތަކަށްނާރާ އެއްވެސް އިންސާނެއްގެ ނަފްސަށް ބަޔަކު ކުޑަވެސް އަނިޔާއެއް ދޭއިރު އެކަން ނުހުއްޓުވާ އެކަމަށް ފޯރިދޭން ހުރެފާނެ ކަމަކަށް." މޫސަ ވިދާޅުވިއެވެ.

މޫސަ މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މެމްބަރެއްގެ ނަން އިއްވުމުން ބޭރަށް ނުދާނަމަ މަޖިލިސް މެދުކަނޑާލައި އެ މެމްބަރަކު ތަޅުމުން ނެރެން ޖެހޭނީ ސެކިއުރިޓީން ލައްވާކަމަށާއި ރިޔާސަތުން އެހެން މެމްބަރުންނަށް އަންގައިގެން މެމްބަރުން ލައްވާ އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ކުށެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!