ޚަބަރު

1 ފެބްރުއަރީގެ ބަޣާވާތުގެ ބައިވެރިން، ދިވެހިން ނިދާފައި ތިއްބާ އަނެއްކާވެސް މި ގެނުވީ ބޮޑު ބަޣާވާތެއް: ނިމާލް

1 ފެބްރުއަރީ 2018 ގައި ޝަރުޢީ ނިޒާމްގެ ތެރެއިން ގެންނަން އުޅުނު ބަޣާވާތުގެ ބައިވެރިން ރޭގެ ދަންގަޑީގައި ދިވެހީން ނިދާފައި ތިއްބާ ދިވެހި ދުސްތޫރީ ޙަޔާތަށް އަނެއްކާވެސް ބަޣާވާތެއް ގެނުވައިފިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ރޭ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަދެއްކެވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޖަލްސާގައި އެކަމަށް ރައްދު ދެއްވާފައެވެ. އެއާއެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން އެމްޑީޕީ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކޮށް އެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާ ޝިޔާމަށް ވަނީ އަނިޔާ ވެފައެވެ. އަނިޔާތަކާއެކު ޝިޔާމް ވަނީ ހޮސްޕިޓަލަށް ގޮސް ފަރުވާ ވެސް ހޯދާފައެވެ.

ނިމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 1 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ބަޣާވާތުގެ ބައިވެރިން(ކޯލިޝަން) އިން ކަޅުފޮއެ ރެޔެއްގައި ދިވެހިން ނިދާފައި ތިއްބާ އަނެއްކާވެސް މިގެނުވީ ދިވެހި ދުސްތޫރީ ހަޔާތަށް ބޮޑު ބަޣާވާތެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއްކަން ވިސްނިއްޖެ ކަމަށާއި ނުރަނގަޅު ގަވާޢިދެއް ގާއިމްވުން ނޫން ކަމެއް ނުފެނުނު ކަމަށެވެ.

"ކަޅު އަދިރި ރެޔެއްމާ، ކަޅު ހިލަތަކުގެ މަތީގައި، ކަޅު ހިނި ހިރޭ ހިރުންވެސް ، ދެނެވޮޑިގަތުން މަތީވީ ، ބައެއްގެ އަމިއްލަ މަންފާ އާއި ބާރުވެރި ކަމުގައި އަބަދަށް ތިބުމަށް އިންސާފުގެ ދަތުރަކީ ދެއްކި ހުވަފެނެއް، އިންސާފުގެ ދަތުރަކީ ބާރުތައް އަނބޮޑިއަށް ޖަހަން ކުރި ދަތުރަކަށްވެ ނިމިއްޖެ." ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!