Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބިދޭސީން ހަމަނުޖެހުން ހިންގީ ސްޕޮންސަރާ މައްސަލަ ޖެހިގެން، ހައްޔަރުގައި އިންޑިއާގެ 7 މީހަކު!

މިއަދު ހަވީރު ތިލަފުށީގައި ފުލުހުންނާއި ބިދޭސީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 133 މީހުންގެ ތެރެއިން މިހާރު ހައްޔަރުގައި ތިބީ އިންޑިއާއަށް ނިސްބަތްވާ ހަތް މީހުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ތިލަފުށީގައި ގިނަ އަދަދެއްގެ ބިދޭސީންނާއި އެފަރާތްތަކުންގެ ސްޕޮންސާއާ ދެމެދު ހިންގި ހިތްހަމަނުޖެހުމެއްގައި ސްޕޮންސަރުގެ ގޯޑައުންއަށް ގެއްލުން ދޭ މައްސަލައެއް މިއަދު މެންދުރު ފަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ހަމަނުޖެހުން ކޮންޓްރޯލު ކުރަން އުޅުމުގެ ތެރޭގައި ދެ ފުލުހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ބުނީ މި ހަމަނުޖެހުމުގެ ތެރެއިން 133 މީހަކު ހައްޔަރުކުރި ކަމަށާއި ނަމަވެސް އޭގެތެރެއިން ހަތް މީހަކު ފިޔަވައި ބާކީ ތިބި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެ ހަތް މީހުންނަކީ ވެސް އިންޑިއާއަށް ނިސްބަތްވާ ބައެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް