Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކަސްޓަމްސް ކައިރިއަށް މީހަކު ވެއްޓިފައި، އަޅާލާނެ މީހެއް ނެތް!

ކަސްޓަމްސް ކައިރިއަށް މީހަކު ވެއްޓިފައި އޮތް ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެއްޖެއެވެ.

މިރޭގެ ވަގުތެއްގައި އާއްމުވި އެ ވީޑިއޯއިން ފެންނަނީ ފިރިހެނަކު ބިންމަތީ އޮވެގެން ތެޅޭ މަންޒަރެވެ. އެ މަންޒަރު ބަލަން އެތަނުގައި އާއްމުން ތިބި މަންޒަރު ފެންނަ އިރު، އޭނާއަށް އެހީވާނެ ބަޔަކު އެތާކު ނެތެވެ.

ކަސްޓަމްސް އިމާރާތް ބިތްދޮށު ދޮރާ ދިމާލު މީހަކު ވެއްޓިފައި ވަނީ މަގު މައްޗަށް ނޭވާ ހާސް ވެގެން ކަމަށް މައުލޫމާތު ލިބެއެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ވަގުތު އެ ސަރަހައްދުން އެމްބިއުލާންސެއް ވެސް ވަނީ އަޅާނުލާ ގޮސްފައެވެ.

Advertisement
HDC — Sidebar (box)

އެނގިފައިވާ ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އެތާ އޮންނަތާ އެތައް އިރެއްވީފަހުން އެއްވެފައި ތިބި އާންމުންގެ އެހީގައި ޕިކަޕެއްގައެވެ.

ބެލެވޭގޮތުގައި އެ މީހާއާ މީހުން ކައިރިނުވީ މިހާރު މާލެ ސިޓީގައި ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ކަމަށް ބެލެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް