"ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެނަން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ"
ކުރިއަށް އޮތް ތަނުގައި ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ކައުންސިލަރުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަށް މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާއަށް ނިސްބަތް ކޮށެވެ.
ޝަހީމް ވިދާޅުވީ ގާނޫނު އަސާސީއާ ކުޅެލަން މި މަހުގެ 1 ވަނަ ދުވަހުގެ ރޭ އެ ކުރީ ޓެސްޓެއް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ހާއްސަކޮށް ގާނޫނު އަސާސީގައި ހުރި އިސްލާމީ އުސޫލުތަކާ މެދު ސަމާލުވުން މުހިންމު." ޝަހީމް ވިދާޅުވިއެވެ.
Alhugandah Qaboolu kurevey gothugai QA asaasee aa kulhelan reyga ekuree test eh. Kuriyah oy thanugai bodethi badhalu thakeh QA ah genaumah masakkay kuraanekamah belevey! Mikama varah bodah hushiyaaruvaan jehey! Khaassa koh QA ga huri islami usoolthakaa medhu samaaluvun muhimmu!
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 2, 2020
ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ރޭ ފާސްކުރީ 74 މެމްބަރުންގެ ވޯޓާއެކުއެވެ. އެ ބިލު ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެންނެވެ.
އެގޮތުން އެ އިންތިގާލީ މާއްދާގައި ބުނަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.