ޚަބަރު

ސްކޫލުތަކުގެ ކުލާސްރޫމްތަކަށް 12,500 އަތްދޮންނަ ފުޅި ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

ސްކޫލްތަކުގެ ކުލާސްރޫމްތަކަށް ބޭނުންވާ އަތްދޮންނަ ސައިބޯނި ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

Ads by STELCO

ދިވެހި ސަރުކާރުގެ ގެޒެޓުގައި އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ޕްރޮގްރާމަކީ ޔުނިސެފްގެ އެހީގައި މިނިސްޓްރީން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. "ސްކޫލް ވޮޝް ޕްރޮގްރާމް" ނަމަކަށް ކިޔާ އެ ޕްރޮގްރާމުގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކަށް 500 އެމްއެލްގެ 12،500 އަތްދޮންނަ ސައިބޯނި ފުޅި ބޭނުންވާ ކަމަށެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއަދުން ފެށިގެން މި މަހުގެ ވަނަ ދުވަހުގެ ނިޔަލަށް އިއުލާންގެ 7 ވަނަ ނަންބަރުގައިވާ [email protected] އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރައްވަން ހުށަހަޅުއްވާއިރު ރަޖިސްޓްރީކުރަން ހުށަހަޅާ ވިޔަފާރީގެ ނަމާއި އީމެއިލް އެޑްރެހާއި ގުޅޭނެ މޯބައިލް ނަންބަރު ޖެހުމަށް އިއުލާނުގައި އެޑިއުކޭޝަނުން ބުނެފައިވެއެވެ.

ބީލަން ފޮނުވަން ޖެހޭނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ 11:00 ގެ ކުރިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!