ޚަބަރު

އެމް.ޕީ.އެލްގެ ހިޔާ ފުލެޓް ލިބޭ މުވައްޒަފުންގެ ލިސްޓް އާއްމުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިޔާ މަޝްރޫޢުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިމާރާތް ކުރާ ފްލެޓްތައް ލިބޭ އެ ކުންފުނީގެ މުވައްޒަފުންގެ ދާއިމީ ލިސްޓު އިއުލާނު ކޮށްފިއެވެ.

Ads by MWSC

މިކަން އިއުލާން ކޮށްފައި ވަނީ އެމްޕީއެލްއިން ނެރުނު ނޫސް ބަޔާނެއްގައެވެ. މި ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނީގެ ފްލެޓް ލިސްޓު ހުރިހާ މުވައްޒަފުންނަށް ފެންނަހެން އާންމު ކޮށްފައިވާ ކަމަށެވެ. އެމްޕީއެލް އިން ބުނީ ވަގުތީ ލިސްޓު އިއުލާނު ކުރުމަށް ފަހު ޝަކުވާއަށް އެކަށީގެންވާ ވަގުތު ދީ، ހުށަހެޅުނު ޝަކުވާތައް ވެސް ބަލާފައިވާ ކަމަށެވެ.

2018 ވަނަ އަހަރު އެމްޕީއެލްގެ ފްލެޓުތައް ދިނުމަށް ވަގުތީ ލިސްޓެއް އާންމު ކޮށްފައިވެއެވެ. އެހެން ނަމަވެސް، މި ސަރުކާރުގައި އެ ލިސްޓު ބާތިލުކޮށް އަލުން އެކުލަވާލީ އެވެ. އެމްޕީއެލްއިން މިއަދު ބުނީ މި ސަރުކާރުގައި ހަވާލުވި މެނޭޖްމަންޓުން ފްލެޓުތައް ދިނުމުގައި ޕޮއިންޓު ދެވޭނެ ހަރުދަނާ އުސޫލެއް ކަނޑައަޅައި، ހަމަހަމަ އުސޫލެއްގެ ދަށުން ފްލެޓުތައް ދިނުމަށްޓަކައި އޭރުގެ ވަގުތީ ލިސްޓު ކެންސަލްކޮށް އަލުން އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލި ކަމަށެވެ.

ދާއިމީ ލިސްޓުގައި ހިމެނޭ މުވައްޒަފުންނަށް ފްލެޓު ގަންނަން ތިން ގޮތެއް ބަޔާންކޮށްފައި ވެއެވެ. އެއީ އެކީ އެއްފަހަރާ ފައިސާ ދެއްކުން، ނުވަތަ އެއް އަހަރަށް ބަހާލައިގެން ފައިސާ ދެއްކުން، ނުވަތަ ބޭންކް ނޫނީ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯނު ހަމަޖެއްސުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!