ޚަބަރު

ކުޑަހުވަދޫގައި އިތުރު ސްކޫލެއް އަޅަންޖެހޭ: ކައުންސިލް

ދެން އެމްވީ ، ދެން އޮންލައިން

ދ. ކުޑަހުވަދޫގައި އިތުރު ސްކޫލެެއް އަޅަންޖެހޭކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

Ads by MWSC

ކުޑަހުވަދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ސައުދު ވިދާޅުވީ ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ކަމަށާއި އެކަން ހައްލުކުރެވޭނީ އާ ސްކޫލެއް އެ ރަށުގައި ގާއިމް ކޮށްގެން ކަމަށެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގައި 800 ކުދިން މިހާރު ތައުލީމް ހާސިލް ކުރަމުން އަންނަ ކަމަށާއި އަހަރުން އަހަރަށް އެ އަދަދު އިތުރުވަމުން އަންނަ ކަމަށް ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރިންނަށް ތައުލީމު އުނގަންނައިދިނުމަށް އެއަތޮޅުގެ އެހެން ރަށްތަކުގެ ބައެއް އާއިލާތައް އެރަށުގައި ވަޒަންވެރިވަމުން އަންނަ ކަމަށެވެ.

އާ ސްކޫލެއް ގާއިމް ކުރުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކުޑަހުވަދޫގައި ގާއިމްކުރި އެއާޕޯޓް ހުޅުވައި އެރަށުގެ މަގުތަކުގައި ތާރުއަޅައި ވަރަށް ބޮޑަށް އެރަށް ތަރައްގީކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!