ޚަބަރު

ޑޮލަރުގެ އަގު ވެއްޓިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ފޮޓޯ: ސަން އޮންލައިން

ބާޒާރުގައި ޑޮލަރު ހުރި އަގު ވެއްޓިއްޖެއެވެ.

Ads by MWSC

އެގޮތުން ކުރިން 19.25ރ. އާއި 19.35ރ. އާ ދެމެދުގައި މާރު ކުރަމުން ދިޔަ ޑޮލަރުގެ އަގު 18.40ރ. އާއި 18.60ރ. އަށް ވަނީ ވެއްޓިފައެވެ. މާލޭގެ އެކި ހިސާބުތަކުގައި ހުރި އެކްސްޗޭންޖު ކުރާ ތަންތަނުން މިއަދު ޑޮލަރު ލިބެނީ ވެސް 18.40ރ. އަށެވެ.

ކޮވިޑް-19އާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާ އަށް ވެސް ބޮޑުވެފައިވެއެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް ވެސް އަލުން ރަނގަޅުވަމުން އަންނައިރު، ޑޮލަރުގެ އަގު ވެއްޓިފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސީދާ ބުނަން ނޭނގެއެވެ.

ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 15.42 ރުފިޔާ އެވެ. ނަމަވެސް ވިޔަފާރިންނަށް ޑޮލަރު ލިބުން ދަތިވުމާއެކު ޑޮަލަރުގެ އަގު ވަނީ އުފުލިފައެވެ.

ޑޮލަރުގެ އަގު އުފުލުމާއެކު ބާޒާރުގައި މުދަލުގެ އަގުވެސް ވަނީ ކޮންމެވެސް ވަރަކަށް އުފުލިފައެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!